19 Sep 2012, 10:06
އާރަށް ކައިރީ ކަނޑުމަތިން 330 ބިޔަރު ދަޅު އޮޔާ ދަނިކޮށް ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އާރަށް ކައިރިން ބިޔަރު ދަޅުތައް އޮޔާދަނިކޮށް ފެނިގެން ތިލަފުއްޓަށް ކުނި ބަރުކޮށްގެން ދިޔަ ދޯންޏަކުން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން މިހާތަނަށް ކުރި މަސައްކަތުން އެަސަރަހައްދުން 330 ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ.
އެ ސަރަހައްދުން ފެނުނު "ބިންޓޭންގް" ބްރޭޑްގެ އެ ބިޔަރު ދަޅުތައް ފުލުހުން މިހާރު ވަނީ މާލެ ގެނެސްފަ އެވެ.
ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓްުގެ ފުލުހުންނާއި މެރިން އަދިވެސް ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އާރަށް ކައިރީ މޫދު ތެރެއިން މިއަދު ބިޔަރުދަޅުތަކެއް ފެނިފައިވާއިރު ދާދިފަހުން ވެސްޓްޕާކް ސަރަހައްދުގެ މޫދުތެރެއިން ވެސް 52 ބިޔަރު ދަޅު އޮޔާ ދަނިކޮށް ފުލުހުން ވަނީ ހޯދައިފަ އެވެ.