19 Sep 2012, 09:42
ވިލިމާލޭއިން މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިއްޔެ ރޭ 11:00 ހާއިރު ހައްޔަރު ކުރީ އުމުރުން 33 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއްގެ އިތުރުން 29 އަހަރުގެ މީހެކެވެ. ފުލުހުން ބުނީ ވިލިމާލޭ ފެރީ ޓާމިނަލް ސަރަހައްދުން ހައްޔަރު ކުރި ތިން މީހުންގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ 20 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
އެ ތިން މީހުންގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބުލެޓް ސައިޒުގެ 20 ރަބަރު ޕެކެޓް ފެނިގައިވަނީ އުމުރުން 33 އަހަރުގެ މީހާގެ އަތުގައި އޮތް ސެންޓު ހުސްކުރި ފޮއްޓެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެ އެވެ.