ކީރިތިި ރަސޫލާގެ މަތިވެރި ޝަޙްސިއްޔަތު ހާމަކޮށްދިނުމުގެ ގޮތުން ރޭ ބޭއްވި ޖަލްސާއަކަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބޭއްވި ޖަލްސާގައި އިސްލާމީ މަރުކަޒުގެ އެތެރޭގެ ހޯލުން ފެށިގެން މިސްކިތުގެ ބޭރާއި އެ ސަރަހައްދުގައި ވެސް ގިނަ އަދަދެއްގެ މީހުން ޖަމާވެފައި އޮތެވެ.

ޖަލްސާގައި ރަސޫލާގެ ޝަހުސިއްޔަތުގެ މަތިވެރި ކަމާއި ބެހޭ ގޮތުން ތަގުރީރު ކުރެއްވީ އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް އަލީ ސައީދާއި ޑިޕިއުޓީ މިނިސްޓަރު މުހައްމަދު ދީދީ އެހެން އިލްމުވެރިންގެ ތެރޭގައި މުހައްމަދު ނަޝީދު އާދަމާއި އާދަމް ޝަމީމާއި މުހައްމަދު ގުބާބު އަބޫބަކުރު ހިމެނެއެވެ. ހުރިހާ ބޭފުޅުން ވެސް މައިގަނޑު ގޮތެއްގައި ވާހަކަފުޅު ބިނާ ކުރެއްވީ ރަސޫލާގެ ޝަހުސިއްޔަތުގެ މަތިވެރިކަމާއި އެކަލޭގަފާނު ދެކެ ލޯބި ވާންވީ ގޮތުގެ މައްޗަށެވެ.

އެއްވުމެއްގެ ސިފަ އޮތް ޖަލްސާގައި ރަސޫލާގެ ޝަޙްސީޔަތުގެ މަތިވެރިކަމާއި ބެހޭ ގޮތުން ލިޔެފައިވާ ފޮތެއް ބެހުން ވެސް އޮތެވެ.