05 Sep 2010, 19:13
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު ޒާހިރު އާދަމް އެމްޑީޕީ އަށް ސޮއިކުރައްވައިފި އެވެ.
މިނިވަން މެމްބަރެއްގެ ގޮތުގައި މިހާތަނަށް ހުންނެވި ޒާހިރު ސަން އަށް ވިދާޅުވީ މިރޭގެ ވަގުތެއްގައި އޭނާ އެމްޑީޕީ އަށް ސޮއިކުރައްވައިފައިވާ ކަމަށާއި މާދަމާގެ ވަގުތެއްގައި އިންޓަވިއުއެއް ދެއްވާނެ ކަމަށެވެ.
ކުއްލިއަކަށް އެމްޑީޕީ އަށް ސޮއިކުރެއްވީ ކީއްވެގެންތޯ ދެންނެވުމުން ވިދާޅުވީ "އެއީ ވަރަށް ދިގު ވާހަކައެއް" ކަމަށާއި "މި ވަގުތު ބިޒީކޮށް" އުޅުއްވާ ކަމަށެވެ.