މެޑިކަލް ޓޫރިޒަމް މާކެޓް ކުރުމުގައި ގުޅިގެން މަސައްްކަތް ކުރުމަށްޓަކައި މާކެޓިން ވެންޗާއެއްގައި އިންޑިއާގެ އެޕޯލޯ ހޮސްޕިޓަލްސް ކުންފުންޏާ އެކު ރާއްޖޭގެ އައިލެންޑް އޭވިއޭޝަނުން މިއަދު ސޮއިކޮށްފި އެވެ.

އެޕޯލޯ ހޮސްޕިޓަލަށް 29 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި އިންޑިއާ އަދި ބަންގްލަދޭޝްގައި މެޑިކަލް ޓޫރިޒަމް މާކެޓްކުރާނެ އެވެ. އިންޑިއާގެ ޗެންނާއީ އަކީ މިހާރު ސިއްހީ ފަރުވާގެ މައި މަރުކަޒަކަށް ވެފައިވާ ކަމަށާއި މި އެއްބަސްވުމުގެ ސަބަބުން އެޕޯލޯ ހޮސްޕިޓަލްސްގެ ހިދުމަތް ހޯދުމަށް ދިވެހިންނަށް ފަސޭހަ ވެގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.

މާކެޓް ވެންޗާ އެއްބަސްވުމުގައި އެޕޯލޯ ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއާމަން ވީ. ސަތުޔަނާރަޔަނާ ރެޑީއެވެ. އަދި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންޑައިރެކްޓަރު އަބުދުލް ހާރިސެވެ.