ލ.ގަމު ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދިޔަ މާބަނޑު އަންހެނަކު ހާލު ބޮޑުވުމުން އެމްއެންޑީއެފްން މިއަދު މާލެ ގެނެސްފި އެވެ. 


ފަރުވާ ދެމުން ދަނިކޮށް ހާލު ބޮޑުވެގެ ސިފައިންގެ އެހީތެރިކަމާ އެކު ފަރުވާއަށް މާލެ ގެނައީ ލ. ދަނބިދޫ ގުމްރީގޭ ހައްވާ ޝިޒާނާ އެވެ. އެމްއެންޑީއެފުން ބުނީ ޝިނާޒާ މަލޭ ގެނެސްފައި ވަނީ ބަލިވެއިންތާ ތިން ވަނަ މަހުގައި ބަނޑުން ގިނަ އަދަދަކަށް ލޭފާބާތީ އޭނާގެ ހާލު ދަށްވުމުގެ ސަބަބުން ކަމަށެވެ.


ޝިޒާނާ މާލެ ގެނެއީ މިއަދު 12:45 އެހާކަންހާއިރު އެވެ. ޝިނާޒާ މާލެ ގެނައުމަށް ފަހު އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުންނެވެ.