މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާން (މެޑަލް) އާއި އެ މެޑަލްތައް ލުމަށް ބޭނުންވާ ފޮށި ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އިދާރާއިން އިޢުލާންކޮށްފިއެވެ.

މި މަސައްކަތުގެ ދަށުން ޖުމްލަ 510 މެޑައްޔާއި، އެ މެޑަލްތައް ލުމަށް ބޭނުންވާ 900 ފޮށި ތައްޔާރުކުރަން ޖެހޭނެ ކަމަށް ކަސްޓަމްސް އިން މަޢުލޫމާތުދެއެވެ.

ކަސްޓަމްސް އިން ހާމަކޮށްފައިވާ ތަފްސީލުތަކަށް ބަލާއިރު، ތައްޔާރުކުރަން ހަވާލުކުރާ މެޑަލްތަކުގެ ތެރޭގައި:

  • 35 ރައީސުލްޖުމްހޫރިއްޔާގެ މެޑަލް

  • 130 މީރުބަހުރު މެޑަލް،
  • 45 މަތިވެރި ޚިދުމަތުގެ މެޑަލް،
  • 86 ދިގު މުއްދަތުގެ ޚިދުމަތުގެ މެޑަލް،
  • 75 ކަސްޓަމްސް ޚިދުމަތުގެ ރަން މެޑަލް
  • 139 އަޚްލާޤީ މެޑަލް

މީގެ އިތުރުން ތަފާތު ތިން ސައިޒެއްގެ ޖުމްލަ 900 މެޑަލް ފޮށި ތައްޔާރުކުރުން މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި މި މަހު އަށެއްވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން[email protected]އަށް އީމެއިލް ފޮނުވަން ޖެހެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން އޮންނާނީ ހަމަ އެ ދުވަހުގެ 14:00 ގައި ކަސްޓަމްސް ހެޑް އޮފީހުގައިކަމަށް އެ އިދާރާއިން ބުނެއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ މި މަހު 18ވާ ބުރާސްފަތި ދުވަހުގެ 10:00 އަށެވެ.

އަންދާސީހިސާބު ހުށަހެޅޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވެ، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މި ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އޮފީހުގެ ނަންބަރު 3334113 ނުވަތަ 3334154 އަށް ގުޅުމަށް ކަސްޓަމްސް އިން ވަނީ އިރުޝާދު ދީފައެވެ.

މި ހުރިހާ ތަކެއްޗެއް ވެސް ތައްޔާރުކުރަން ޖެހެނީ ކަސްޓަމްސް އިން ދޭ މަޢުލޫމާތާއި އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.