18 Sep 2012, 15:56
ހަތަރު މީހުނާއެކު ގއ. އަތޮޅުން ފުރައިގެން ލ. އަތޮޅަށް ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ. މުދާ އުފުލާ އެ ދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީންނެވެ.
އެމްއެންޑީއެފުން ބުނީ "ރަންކުރި" ނަމަކަށް ކިޔާ ދޯނީ އިއްޔެ 16:30 ހާއިރު އިންޖީނު ހުއްޓި ދޯނި ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ދޯނީގެ ވެރިފަރާތުން ދިން ކަމަށާއި ދޯނި ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުންނާއި ފަށާފައެވެ.
ރޭގެ 1200 އިން ފެށިގެން މިއަދު 14:00 އާއި ހަމައަށް ގއ. ކޫއްޑޫން ފެށިގެން އިރަށް 50 މޭލު އަދި ކޫއްޑޫގެ އުތުރަށް 40 މޭލާއި ދެމެދުގެ ސަރަހައްދެއް ކަނޑުގެ މަގުންނާއި ވައިގެ މަގުން ބެލިފައިވާ ކަމަށާއި މިހާތަނަށް ވެސް ދޯނީގެ ޚަބަރެއް ނުވާކަމަށެވެ.
ގެއްލިފައި ވަނީ ދިގުމިނުގައި 95 ފޫޓް ހުންނަ ދޯންޏެކެވެ.