02 Jun 2026, 16:34
ދ. މީދޫއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެރަށު, ސާޔާ، ސިއްދީގު އަލީ (68އ) އަވަހާރަވެއްޖެއެވެ.
ސިއްދީގު އަލީ އަވަހާރަވީ ބަލިވެއުޅުއްވާތާ ދުވަސްތަކެއް ވުމަށްފަހު، މިއަދުގެ ވަގުތެއްގައެވެ.
ސިއްދީގު އަލީއަކީ މީދޫގެ ތަރައްޤީއަށާއި އިޖުތިމާޢީ ދާއިރާއަށް ނުހަނު ބޮޑެތި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ސަރުކާރުގެ ޚިދުމަތުގައި 31 އަހަރު ހޭދަކުރެއްވި އިރު، މީދޫގެ ކުޑަކަތީބުކަމާއި، ކަތީބުކަމުގެ މަގާމު އޭނާ ވަނީ ފުރުއްވާފައެވެ.
އަދި ލާމަރުކަޒީ ނިޒާމަށް ބަދަލުވުމަށްފަހު، މީދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް ދިގު މުއްދަތަކަށް ފުރުއްވިއެވެ.
މީގެ އިތުރުން، ތަޢުލީމީ ދާއިރާއިން ސިއްދީގަކީ 1980ގެ އަހަރުތަކުގެ ތެރޭގައި ދ. އަތޮޅު މަދަރުސާގައި ކިޔަވައިދެއްވި މުދައްރިސެކެވެ.
އޭނާއަކީ އަތޮޅުގެ ކަންކަމުގައި ވެސް ބަސްވިދާޅުވި، އަތޮޅު ކޮމެޓީގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ރަށުގެ އިސްވެރިއެއްގެ ގޮތުންނާއި، ހެޔޮލަފާ ނަމޫނާ ޝަޚުޞިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވުނު ބޭފުޅެކެވެ.
ސިއްދީގު އަލީ ވަކިވެދިއުމަކީ މީދޫގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި އެ ރަށުގެ އިސް ބޭފުޅުންނާއި ރައްޔިތުން ސިފަކުރެވެ.
އޭނާގެ ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.