02 Jun 2026, 00:55
ށ. މިލަންދޫގައި ފައިބަރު މަސައްކަތް ކުރާ ތަނެއްގައި އަލިފާނުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ.
އެ ރަށުން 'ސަން' އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި އަލިފާން ރޯވީ ރަށުގައި އެއާޕޯޓު އަޅާ ސަރަހައްދާ ކައިރީގައި ގިނަ އަދަދެއްގެ ދޯނިތައް އަޅާފައި އޮންނަ ސަރަހައްދެއްގައެވެ.
އަދި އެއީ ފައިބަރު މަސައްކަތް ވެސް ކުރާ ސަރަހައްދެއް ކަމަށް އޭނާ ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި، މީހަކަށް އަނިޔާއެއްވި ކަމުގެ އެއްވެސް މައުލޫމާތެއް ވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެ ސަރަހައްދުގައި ވަނީ ވަރަށް ބޮޑަށް ރޯވެފައެވެ.