18 Sep 2012, 14:24
ޑޮލަރު ހޯދައި ދޭނެކަމަށް ބުނެ އޮޅުވާލައިގެން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ނެގި މައްސަލައަކާ ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތް ކުރި ދެ މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވައިފި އެވެ.
މިމަހުގެ 10 ވަނަ ދުވަހު ޕީޖީއަށް ފޮނުވި ދެ މައްސަލައިގައި ދައުވާ ކުރަނީ މ. ލަންސިމޫގެއާގެ، އިބްރާޙީމް ރަޝީދު 47 އާއި ތ. ގާދިއްފުށި ހުދުއަސުރުމާގެ، ޢަބްދުއްޝަކޫރު ޢަބްދުލް ވައްހާބު 34، އާއި އަދި ހަމައެގޭ ޢަބްދުލްޣަފޫރު 50، ގެ މައްޗަށެވެ.
ފުލުހުން ބުނީ އިިބުރާހިމް ރަޝީދުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައިވާ މައްސަލައަކީ ޑޮލަރު ހޯދައި ދޭނެ ކަމަށް ބުނެ 2،72000ރ. މީހެއްގެ އަތުން އަތުލައި މަކަރާއި ހީލަތުން އެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށެވެ. އަދި އޭނާ އަކީ އެބާވަތުގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.
އެ މައްސަލައިގައި ހިމެނޭ ޢަބްދުއްޝަކޫރާއި ހަމައެގޭ ޢަބްދުލް ޣަފޫރުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވާފައިވަނީ ރާއްޖޭގައި ބޭރުފައިސާ ގަނެވިއްކުމުގެ މިންގަނޑާއި ޚިލާފަށް ފައިސާގެ މުއާމަލާތް ކޮށްފައިވާ ކަމަށް ތުޙުމަތުކުރެވޭ މައްސަލައެއްގަ އެވެ.