ދިރާގާއި ވަށްމާފުށީގެ ފަރާތުން ދޭ ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގައި ބައިވެރިވުމުގެ ފަހު ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެއެވެ.

ދިރާގާއި ވަށްމާފުށީގެ ފަރާތުން ވަނީ ތިން ނަސީބުވެރިއަކަށް ރާއްޖޭގެ ފުރުތަމަ ޒިޕްލައިން އެޑްވެންޗާ މުޅިން ހިލޭ ތަޖުރިބާކުރުމުގެ ފުރުސަތު, ސޯޝަލް މީޑިއާ ގިވްއަވޭއެއް މެދުވެރިކޮށް ހުޅުވާާލާފައެވެ.

ދިރާގުން ބުނީ މި ޚާއްސަ އިނާމު ލިބޭ ކޮންމެ ނަސީބުވެރިއަކަށް، ވަށްމާފުށީގެ ޒިޕްލައިން ދެ މީހަކަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެ ކަމަށެވެ.

އެގޮތުން އެ ގިވްއަވޭގައި ބައިވެރިވުމަށް ހަދަންޖެހޭ ގޮތަކީ:

  • ޒިޕްލައިން ޑޮޓް އެމްވީ، ދިރާގު އަދި ވިސިޓް މާފުށި އިންސްޓަގްރާމް އެކައުންޓް ފޮލޯކުރުން

  • ގިވްއަވޭއަށް ޚާއްސަ ޕޯސްޓް ޝެއާކުރުން
  • ގިވްއަވޭގެ ޚާއްސަ ޕޯސްޓްގެ ކޮމެންޓް ސެކްޝަނުގައި ތިން ރައްޓެހިން ޓެގްކުރުން
  • ގިވްއަވޭގެ ޚާއްސަ ޕޯސްޓް އިންސްޓަގްރާމް ސްޓޯރީގައި ޝެއާކުރުމަށް ފަހު ދިރާގު އަދި ޒިޕްލައިން ޑޮޓް އެމްވީ ޓެގްކުރުން

ދިރާގުން ބުނީ މި އަގުހުރި އިނާމް ހޯދުމަށްޓަކައި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހުޅުވާލާފައިވާ ކަަމަށެވެ.

ދިރާގުން ވަނީ ދާދި ފަހުން ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި، އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އައު ތަޖުރިބާތަކާއި ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފިއެވެ.

މި ޕާޓްނާޝިޕްގެ ދަށުން ދިރާގުގެ އެލީޓް މެންބަރުންނަށް މި ވަށްމާފުށީގެ ޚިދުމަތްތަކުން ފަސް ޕަސެންޓް ޑިސްކައުންޓް ލިބުމުގެ އިތުރުން އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

އަދި ކަސްޓަމަރުން ބުކިން ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައެވެ. އަދި ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މިފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.