18 Sep 2012, 13:55
ސަރުކާރުގެ ހިދުމަތްތައް ހަރުދަނާ ފަސޭހަ ކަމާއިއެކު އަވަހަށް ހިދުމަތް ދިނުމަށް އެކުލަވާލާފައިވާ ނިޒާމު، ގަވަމެންޓް އީލެޓާ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) ކ. ހުރާ ކައުންސިލް އިދާރާގައި އިއްޔެއިން ފެށިގެން ބޭނުން ކުރަން ފަށައިފި އެވެ.
ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީން (އެންސީއައިޓީ) މިއަދު ބުނީ ޖެމްސް ބޭނުން ކުރަން ފެށުމުން ހުރާ ކައުންސިލް އިދާރާ އާއި ސަރުކާރުގެ އެހެން މުއައްސަސާތަކާ ދެމެދު ސިޓީ އާއި ލިޔެކިޔުން ބަދަލު ކުރާނީ އެ ނިޒާމުގެ ތެރެއިން ކަމަށެވެ.
ޖެމްސް ސިސްޓަމް ބޭނުން ކުރަން ފެށުމުގެ ކުރިން ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ކައުންސިލަރުން އެ ނިޒާމަށް އަހުލުވެރި ކުރުވުމުގެ ތަމްރީނު ދީފައިވާ ކަމަށް ވެސް އެންސީއައިޓީން ބުންޏެވެ.
ހުރާ ގައި ޖެމްސް ސިސްޓަމް ބޭނުން ކުރަން ފެށުމުން މާލޭ ގައިވާ ސަރުކާރުގެ 228 އިދާރާއަކާއި އަތޮޅު ތަކުގައި ހިމެނޭ 109 އިދާރާ އެއްގައި އެ ސިސްޓަމް ބޭނުން ކުރާނެ އެވެ.