18 Sep 2012, 12:49
ބްރެޒިލްގައި 2014 ވަނަ އަަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެސްކޮޓް ދައްކާލައިފި އެވެ.
ބްރެޒިލްގެ މަޝްހޫރު ޖަނަވާރެއް ކަމަށްވާ އާމަޑިއްލޯގެ ނަމޫނާއަކަށް ބަލައިގެން ހެދި މި މެސްކޮޓް ދައްކާލީ ޓީވީ ޝޯއެއްގައި ވޯލްޑް ކަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ބްރެޒިލްގެ ރޮނާލްޑޯ އެވެ.
ބްރެޒިލްގެ ގައުމީ ދިދައިގެ ކުލަތައް ޖައްސާފައިވާ މި މެސްކޮޓަށް ކިޔާނެ ނަމެއް ހޮވާނީ އާއްމުންގެ ވޯޓަލުންނެވެ. މި ގޮތުން މެސްކޮޓަށް ކިޔާނެ ތިންނަމުގެ ގޮތުގައި ޝޯޓްލިސްޓް ކޮށްފައިވަނީ އަމިޖިބޫ، ފުކެކޯ އަދި ޒުޒެކޯ އެވެ. މި ތިން ނަން ހޮވުމަށް ނޮވެމެބަރު މަހުގެ ނިޔަލަށް ވޯޓުދެވޭނެ އެވެ.
މި މެސްކޮޓަށް ފީފާގެ ރުހުން ލިބިފައިވާއިރު ރޮނާލްޑޯ ބުނީ މިއީ ވޯލްޑް ކަޕުގެ ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި މެސްކޮޓްގެ ސަބަބުން މުބާރާތަށް ލިބޭ ސަމާލުކަން ބޮޑުވާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
މި މެސްކޮޓް އިއްޔެ ވަނީ ބްރެޒިލްގެ ރިއޯޑިޖެނީރޯގެ ބީޗަށް ވެސް ގެންގޮސްފަ އެވެ. އަދި އެތަނުގައި ނޫކުލައި އެތައް ހާސް ފުއްޕާހަމެއް މެސްކޮޓް ވަނީ އާއްމުންނަށް ބަހައިފަ އެވެ. މި ގޮތުން ޖުމުލަ 2014 ފުއްޕާހަން ބަހާނެ އެވެ. މެސްކޮޓަށް ނަމެއް ކިއުމުގެ ކުރިން ބްރެޒިލްގެ ހުރިހާ ހިސާބުތަކަށް މެސްކޮޓް ގެންދާނެ އެވެ.