30 May 2026, 11:51
ޕީއެސްޖީ އާއި އާސެނަލް ބައްދަލުކުރާ ފޯރިގަދަ ޗެމްޕިއަންސް ލީގު ފައިނަލް މެޗު، މިރޭ ރާއްޖެގަޑިން 9:00 ގައި މީޑިއާނެޓް ޓީވީ (އެމްޓީވީ) އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މި ފޯރިގަދަ މެޗް، އޫރިދޫ އެޕްގައިވާ 'ހޮޅުއަށި' މެދުވެރިކޮށް ސަބްސްކްރައިބް ކުރައްވައިގެން ކަސްޓަމަރުންނަށް ވަގުތުން ބަލާލެވޭނެއެވެ.
'ހޮޅުއަށި' މެދުވެރިކޮށް އެމްޓީވީ ސީޒަން ޕާސް އެކްޓިވޭޓް ކޮށްލުމުން، ސަބްސްކުރިޕްޝަން ފީ ޕްރީޕެއިޑް ކަސްޓަމަރެއް ނަމަ ބެލެންސް އިން ކެނޑޭނެއެވެ. އަދި ޕޯސްޓްޕެއިޑް ކަސްޓަމަރެއް ނަމަ މި ފީ އިތުރުވެގެންދާނީ އެ މަހެއްގެ ބިލަށެވެ. މިއީ ފަސޭހަކަމާއެކު ފުޓްބޯޅަ ފޯރީގައި ބައިވެރިވުމަށް އޫރިދޫއިން ފަހިކޮށްދޭ ފުރުސަތެކެވެ.
ސީޒަން ޕާސް އެކްޓިވޭޓް ކުރާނެ ގޮތް
'ހޮޅުއަށި' މެދުވެރިކޮށް އެމް.ޓީ.ވީ ސީޒަން ޕާސް އެކްޓިވޭޓް ކޮށްލުމަށް:
· އޫރިދޫ އެޕް ހުޅުއްވުމަށްފަހު 'ހޮޅުއަށި' އަށް ކްލިކް ކުރައްވާ.
· ހިޔާރުކުރައްވާ އެމް.ޓީ.ވީ ސީޒަން ޕާސް ނަންގަވާ.
· ސީޒަން ޕާސް އެކްޓިވޭޓް ކޮށްލުމަށްފަހު، ހަމަޖެހިލައިގެން ޗެމްޕިއަންސް ލީގު ފައިނަލް ވަގުތުން ބަލާލާ!
އޫރިދޫ މޯލްޑިވްސްއަކީ ރާއްޖޭގެ މުޖުތަމައުތަކުގެ ޑިޖިޓަލް ހަޔާތް މުއްސަނދިކޮށްދީ، މުވާސަލާތީ ހިދުމަތްތައް މެދުވެރިކޮށް އިންސާނީ ތަރައްގީއަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.
އޫރިދޫއިން ދަނީ ކަސްޓަމަރުންގެ ބޭނުންތައް ބަލައި އެކަންކަމަށް ރިއާޔަތްކޮށް، އާދަޔާ ހިލާފު އަދި އީޖާދީ ގިނަ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.