28 May 2026, 23:50
ހުޅުމާލޭގައި މިރޭ ތެޔޮ ބައުޒަރަކާއި ސައިކަލެއް ޖެހި، މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލޭ ނިރޮޅުމަގުގެ ހަތްތެރި މާޓް ކައިރިން ތެޔޮ ބައުޒަރަކާއި ސައިކަލެއް އެކްސިޑެންޓް ވެފައިވާ ކަމަށް މިރޭގެ 22:21 ހާއިރު ފުލުހަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަަކަށް ކަމަށާއި އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ މީހާގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް މިހާތަނަށް ލިބިފައިނުވެއެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް އާންމުވެފައިވާއިރު، ބައެއް އެކްސިޑެންޓުތަކުގައި ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާތައް ލިބިފައިވެއެވެ.
ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެ މުއައްސަސާއަށް 1,320 އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވެއެވެ.