އިޓަލީ ޑައިވަރުންގެ މަރު: ޕްރޮފެސަރާއި ދަރިފުޅުގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ ދައްކަނީ އޮކްސިޖަން ނުލިބުނީ ކަމަށް
އިޓަލީ ޑައިވަރުންގެ މަރު: ޕްރޮފެސަރާއި ދަރިފުޅުގެ އޮޓޮޕްސީގެ ވަގުތީ ނަތީޖާ ދައްކަނީ އޮކްސިޖަން ނުލިބުނީ ކަމަށް

ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާގައި މަރުވި އިޓަލީގެ ޕްރޮފެސަރާއި އޭނާގެ ދަރިފުޅުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު، ވަގުތީ ނަތީޖާ ލިބިއްޖެއެެވެ.

އިޓަލީގެ ބައެއްނޫސްތަކުންރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެމައިން މަރުވާން މެދުވެރިވި ސަބަބެއް ކަމަށް ވަގުތީ ނަތީޖާ ދައްކަނީ ގެނބިގެން ނުވަތަ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމެވެ.

މި ހާދިސާގައި މަރުވި ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު، އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު އުމުރުން 23 އަހަރުގެ ޖިއޯޖިއާ ސޮމަކާލްގެ ހަށިގަނޑު މިއަދު އެ މީހުންގެ އުފަން ރަށް ކަމަށްވާ ޖެނޯއާއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޑައިވް ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު --

އިޓަލީގެ ގަލަރާޓޭ ހޮސްޕިޓަލުގައި ހެދިޕޯސްޓްމޯޓަމްތަހުލީލުތަކަށްފަހު، ޖަނާޒާގެ ކަންކަން ކުރިއަށް ގެންދިއުމުގެ ގާނޫނީ ހުއްދަ މިހާރު ވަނީ ލިބިފައިވާ ކަމަށް ވެސް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ދެމައިންގެ އިތުރުން މި ހާދިސާގައި މަރުވި އިޓަލީގެ އެހެން ރައްޔިތުންނަކީ ރިސާޗަރެއް ކަމަށްވާ، 31 އަހަރުގެ މުރިއެލް އޮޑެނީނޯއާއި، ފެޑެރިކޯ 30 އަހަރުގެ ގުއަލްޓިއޭރީ އަދި ޑައިވިން އިންސްޓްރަކްޓަރު 44 އަހަރުގެ ޖިއަންލޫކާ ބެނެޑެޓީއެވެ.

މި ހާދިސާގައި ޖުމްލަ ފަސް އިޓަލީ މީހުންނާއި ދިވެހި ސިފައިންގެ ޑައިވަރަކު ވަނީ މަރުވެފައެވެ. ސިފައިންގެ ޑައިވަރު، ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީ މަރުވީ ރިކަވަރީ އޮޕަރޭޝަންގެ ތެރޭ ޑައިވްކުރަނިކޮށެވެ.

މި މައްސަލައާ ގުޅިގެން ރޯމްގެ ޕްރޮސެކިއުޓަރުގެ އޮފީހުން މިހާރު ވަނީ "އިހުމާލުން މީހަކު މަރުވުމުގެ ކުށުގެ" ދަށުން ޖިނާއީ ތަހުގީގެއް ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިޓަލީ އެންމެންގެ ހަށިތައް އިޓަލީއަށް ފޮނުވީ މި މަހުގެ 23ވަނަ ދުވަހެވެ.

އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ތަހުގީގަށް ބޭނުންވާ މަރުވި މީހުންގެ ފޯނުތަކާއި އިލެކްޓްރޯނިކް ސާމާނުތައް މިހާރު ވަނީ ޖެނޯއާ ފްލައިން ސްކޮޑުން ނަގާފައެވެ.

މި ތަކެތި އިޓަލީއަށް ގެންގޮސްދިނީ އެ މީހުންނާއެކު ދަތުރުކުރި ޕްރޮފެސަރު ސްޓެފާނޯ ވެނިން ކަމަށް މަސްދަރުތަކުން ބުނެއެވެ.

މަރުވި ސީދާ ސަބަބު ކަށަވަރުކުރެވޭ ފުރިހަމަ ރިޕޯޓެއް ލިބުމަށް އަދި ހަފުތާތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.