ރާއްޖޭގައި ފުރަތަމަ ފަހަރަށް، ޑިޖިޓަލްކޮށް ޢީދު ހަދިޔާ ފޮނުވޭނެ ހާއްސަ ޚިދުމަތެއް އުރީދޫ އެމްފައިސާއިން މިއަދު ތައާރަފުކޮށްފިއެވެ.

އުރީދޫއިން ބުނި ގޮތުގައި މި ޚިދުމަތަކީ އަޟްޙާ ޢީދާ ގުޅުވައިގެން، އާއިލާއާއި ގާތް ރަހުމަތްތެރިންނަށް ފަސޭހަކަމާއެކު ޢީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް ތައާރަފުކުރި ޚިދުމަތެކެވެ.

މި އައު ޚިދުމަތުގެ ދަށުން، ކަސްޓަމަރުންނަށް އެމް-ފައިސާ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް، ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެން ވެސް ފައިސާ ޢީދު ހަދިޔާގެ ގޮތުގައި ފޮނުވާލެވޭނެއެވެ.

އެމް-ފައިސާ އެޕް މެދުވެރިކޮށް ޢީދު ހަދިޔާ ފޮނުވާލުމަށް:

• އެމް-ފައިސާ އެޕް ހުޅުވާލާ،

• އެޕްގައިވާ "އީދު ހަދިޔާ" ބެނާއަށް ކްލިކް ކުރައްވާ،

• ފޮނުވަން ބޭނުންވާ ހަދިޔާ އިހްތިޔާރު ކުރައްވާ، ނުވަތަ ހަދިޔާ ގޮތުގައި ފޮނުވަން ބޭނުންވާ އަދަދު ޖައްސަވާ،

• ޢީދުގެ ތަހުނިޔާ މެސެޖެއް ހިމަނާލާ،

• ޢީދު ހަދިޔާ ފޮނުވަން ބޭނުންވާ ފަރާތުގެ އެމްފައިސާ މޮބައިލް ނަންބަރު ޖައްސަވާ،

• އޯ.ޓީ.ޕީ ނަންބަރު ޖެއްސެވުމަށްފަހު ވަގުތުން ފޮނުވާލާ.

މި ހިދުމަތަކީ އެމްފައިސާގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ފަސޭހަކަމާ، އަދި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ހިދުމަތެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން އިތުރަށް ބުނީ، ޢީދުގެ އުފަލާ ގުޅިފައިވާ އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމުގެ ރީތި އާދަ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓުމަށް މަގުފަހިކޮށްދިނުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު މަގްސަދެއް ކަމަށެވެ.

އެމްފައިސާ ހިދުމަތަށް ރަޖިސްޓާ ކޮށްލުމަށް އުރީދޫގެ ވެބްސައިޓްhttp://ore.do/mfމެދުވެރިކޮށް މިހާރު ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ޒަމާނީ ފިންޓެކް ވަސީލަތްތަކުގެ އެހީގައި ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުން ކަމަށް އެ ކުންފުނިން ބުނެއެވެ.