18 Sep 2012, 09:53
މަސްތުވާތަކެތި ކަމަށް ތުހުމަތުވާ އެއްޗެއް އަޅައިފައި ހުރި ބްލެޓް ސައިޒްގެ 20 ޕެކެޓާއެކު ވިލިމާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތުހުމަތުގައި ރޭ ހައްޔަރު ކޮށްފައިވަނީ އުމުރުން 33 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް ކަމަށާއި އެމީހުން އަތުލައިގަތީ ރޭ ފުލުހުން ހިންގި އޮަޕަރޭޝަނެއްގައި ވިލިމާލޭ މަގުމަތިން ކަމަށެވެ.
އެ ދެ މީހުންގެ އަތުން އަތުލައިގެން ބުލެޓް ސައިޒްގެ 20 ޕަކެޓްގައި އަޅައިފައިހުރީ ހިރޮއިން ކަމަށް ބެލެވޭ ކަމަށާއި އެތަކެތި ފެނިފައިވަނީ އެމީހުންގެ އަތުގައި ހުރި ކޮތަޅުތަކެއްގެ ތެރެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.