މިދިޔަ އާދިއްތަ ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އުމުރުން 12 އަހަރުގެ އއ. ރަސްދޫ ފެހިވިނަ، އާއިޝަތު ވިދާދާ ރޭ ދަންވަރު މަގުމަތިން ފެނިއްޖެ އެވެ.

ވިދާދާ ގެއްލިގެން އާއިލާއިން ރިޕޯޓު ކުރުމާއި ގުޅިގެން ފުލުހުން ހޯދަމުގެ މަސައްކަތް ކުރަމުން ދަނިކޮށް ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ފެނުނީ ބޮޑުތަކުރުފާނުމަގުން ކުނިކޮށި ކައިރިން ހިނގާފައި ދަނިކޮށް ފުލުހުން ބުނެ އެވެ.

ވިދާދާ ފެނުނު އިރު އޭނާގެ ހާލު ރަގަނޅުކަމަށް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕޮރޮޓެކްޝަން ޑިޕާޓްމަންޓުން މައުލޫމާތު ދީފައިވާ ކަމަށާއި އޭނާ މިހާރު އާއިލާއާއި ހަވާލު ކޮށްފާވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެހެން ނަމަވެސް ފެމެލީ އެންޑް ޗައިލްޑް ޕޮރޮޓެކްޝަން ޑިޕާރޓްމަންޓުން ދަނީ ތަހްގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. ވިދާދާގެ އިތުރުން 12 އަހަރުގެ އެހެން އަންހެން ކުއްޖަކު ވެސް މި ހަފްތާގައި ގެއްލިގެން ދަނިކޮށް ވަނީ ފެނިފަ އެވެ.