ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް
ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް

ޢުމްރާގެ މަރުޙަލާ (ޙައްޖަށް ތައްޔާރުވުން)

ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް
ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް

1. އިޙްރާމް ބަނުން: މައްކާއަށް ވަނުމުގެ ކުރިން މީޤާތުން އިޙްރާމް ބަނުން. އިޙްރާމް ބަނުމަކީ ނިޔަތް ގަނެ އަޅުކަމަށް ވަނުމެވެ.

ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް
ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް


2. މައްކާއަށް ފޯރުން: މަސްޖިދުލް ޙަރާމަށް ވަދެ ކަޢުބާގެ ވަށައިގެން 7 ބުރު ޠަވާފުކުރުން.

ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް
ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް


3. މަޤާމު އިބްރާހީމް: ޠަވާފަށްފަހު މަޤާމު އިބްރާހީމް ކައިރީގައި ދެ ރަކުޢަތް ނަމާދެއްކުރުން.
4. ޒަމްޒަމް ފެން ބުއިން: ޞަފާ މަރްވާ ދެމެދު ހިނގުމުގެ ކުރިން ޒަމްޒަމް ފެން ބުއިން.
5. ސަޢުޔުކުރުން: ޞަފާ އަދި މަރްވާ ފަރުބަދައާ ދެމެދު 7 ބުރު ހިނގުން.

ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް
ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް


6. ބޯބޭލުން ނުވަތަ ކުރުކުރުން: މިއާއެކު ޢުމްރާގެ އަޅުކަން ނިމި އިޙްރާމުން ވީއްލޭނެއެވެ.

ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް
ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް

ޙައްޖުގެ މަރުޙަލާތައް (8 - 13 ޛުލްޙިއްޖާ)

ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް
ޙައްޖުގެ އަޅުކަން ކުރިއަށްދާ ގޮތް ޚުލާޞާކޮށް

8 ޛުލްޙިއްޖާ (ޔައުމުއް ތަރުވިޔާ)
7. އަލުން އިޙްރާމް ބަނުން: ހުރި ތަނަކުން (ހޮޓަލުން ނުވަތަ މައްކާގެ ތެރެއިން) ޙައްޖަށް ނިޔަތްގަނެ އަޅުކަމުގެތެރެއަށް ވަނުން.
8. މިނާއަށް ދިއުން: މި ދުވަހުގެ މެންދުރު ނަމާދުގެ ކުރިން މިނާއަށް ގޮސް، މެންދުރު، އަސުރު، މަޣްރިބު، ޢިޝާ އަދި ފަތިސް ނަމާދު އެތާނގައި ފުރިހަމަކުރުން.

9 ޛުލްޙިއްޖާ (ޢަރަފާތް ދުވަސް)
9. ޢަރަފާތަށް ދިއުން: އިރު އެރުމަށްފަހު މިނާއިން ޢަރަފާތަށް ދިއުން. މިއީ ޙައްޖުގެ އެންމެ މުހިންމު ވަގުތެވެ. މެންދުރު އަދި އަސުރު ނަމާދު ޖަމްޢުކޮށް ކުރުން.


10. މުޒްދަލިފާގައި ރޭކުރުން: އިރު އޮއްސުމުން ޢަރަފާތުން ނުކުމެ މުޒްދަލިފާއަށް ދިއުން. އެތާނގައި މަޣްރިބު އަދި ޢިޝާ ނަމާދު ޖަމްޢުކޮށް ކުރުމަށްފަހު، ރޭގަނޑު އަރާމުކުރުން އަދި ހިލަ ހޮވުން.

10 ޛުލްޙިއްޖާ (ޢީދު ދުވަސް)
11. ޖަމްރަތުލް ޢަޤަބާއަށް ހިލައުކުން: ފަތިސް ނަމާދަށްފަހު މިނާއަށް ގޮސް ބޮޑު ޖަމްރާއަށް 7 ހިލަކޮޅު އުކުން.


12. ޤުރުބާންކުރުން: ކަނޑައެޅިފައިވާ ތަނެއްގައި ހަދްޔު ކަތިލުން.
13. ބޯބޭލުން (ފުރަތަމަ ތަޙައްލުލު): ބޯބޭލުމުން ނުވަތަ ކުރުކުރުމުން އިޙްރާމުގެ ގިނަ މަނާކަންތައްތަކުން ވީއްލޭނެއެވެ.
14. ޠަވާފުލް އިފާޟާ: މައްކާއަށް ގޮސް ޙައްޖުގެ މައިގަނޑު ޠަވާފުކުރުން. މިއާއެކު "ފުރިހަމަ ތަޙައްލުލު" ލިބިގެންދާނެއެވެ.
15. ސަޢުޔުކުރުން: ޞަފާ އަދި މަރްވާ ފަރުބަދައާ ދެމެދު 7 ބުރު ހިނގުން (ތަމައްޠުޢުގެ ޙައްޖުގައި).

11، 12 އަދި 13 ޛުލްޙިއްޖާ (އައްޔާމުއް ތަޝްރީޤު)
16. މިނާގައި ރޭކުރުން: މި ތިން ދުވަހު މިނާގައި މަޑުކުރުން މޮޅުއިތުރު.
17. ތިން ޖަމްރާއަށް ހިލައުކުން: ކޮންމެ ދުވަހަކު ވެސް މެންދުރުފަހު، ކުޑަ، މެދު އަދި ބޮޑު ޖަމްރާއަށް 7 ހިލަކޮޅު (ޖުމުލަ 21 ހިލަ) އުކުން.
18. އެނބުރި މައްކާއަށް ދިއުން: 12 ވަނަ ދުވަހު ނުވަތަ 13 ވަނަ ދުވަހު މިނާއިން ވަކިވެ މައްކާއަށް އެނބުރި ދިއުން.

އެންމެ ފަހު މަރުޙަލާ
19. ޠަވާފުލް ވަދާޢު: މައްކާއިން ފުރައިގެން ރަށަށް ދިއުމުގެ ކުރިން އެންމެ ފަހު ކަމެއްގެ ގޮތުގައި "ވަދާޢީ ޠަވާފު" ކުރުން.

މާތްވެގެންވާ ޙައްޖުގެ މަނާސިކުތައް މި ހިސާބުން ނިމުނީއެވެ. އެންމެހައި ޙައްޖާޖީންނަށް މާތްﷲ މަބްރޫރު ޙައްޖެއް މިންވަރުކުރައްވާށިއެވެ. އާމީން!

ނޯޓު:ޙައްޖުގެ އަޅުކަން އަދާކުރާ ތިން ގޮތްކަމަށްވާ ތަމައްތުޢު އިފްރާދު އަދި ޤިރާންގެ މެދުގައި ކުދިކުދި ތަފާތުތަކެއް ހުރެއެވެ. އެހެންކަމުން، އެ މީހަކު ޙައްޖުވާ ގޮތުގެ މައްޗަށް ބިނާކޮށް، އަޅުކަންތައް ކުރިއަށްދާ ތަރުތީބަށާއި ބައެއް މަނާސިކުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.