"އެންޓި-ކޮރަޕްޝަން ކޮމިޝަނަރަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކަށް ނުހަދާހާ ދުވަހަކު ކޮރަޕްޝަނެއް ނުހުއްޓުވޭނެ"
"އެންޓި-ކޮރަޕްޝަން ކޮމިޝަނަރަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކަށް ނުހަދާހާ ދުވަހަކު ކޮރަޕްޝަނެއް ނުހުއްޓުވޭނެ"

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިނިވަންވާނީ އެ ތަނުގެ މެންބަރުންނަކީ ރައްޔިތުންގެ ވޯޓަކުން ހޮވައި، ވަކިކުރެވޭ ބަޔަކަށް ހެދިގެން ކަމަށް ގާނޫނީ ވަކީލު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.

"އެންޓި-ކޮރަޕްޝަން ކޮމިޝަނަރަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކަށް ނުހަދާހާ ދުވަހަކު ކޮރަޕްޝަނެއް ނުހުއްޓުވޭނެ"
"އެންޓި-ކޮރަޕްޝަން ކޮމިޝަނަރަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކަށް ނުހަދާހާ ދުވަހަކު ކޮރަޕްޝަނެއް ނުހުއްޓުވޭނެ"

ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގެ ޒިންމާ މަތިކޮށްފައިވާ އޭސީސީއަކީ ފެއިލްވެފައިވާ މުއައްސަސާއެއް ކަމަށް ސިފަކުރައްވައި، އެ ކޮމިޝަން އިސްލާހުކުރުމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވަނީ މުހިންމު ހުށަހެޅުންތަކެއް އާންމުކުރައްވައިފައެވެ.

އެގޮތުން، ޝަމީމް ހުށަހެޅުއްވީ، ފަސް ކޮމިޝަނަރުންގެ ބަދަލުގައި އެންމެ އެންޓި-ކޮރަޕްޝަން ކޮމިޝަނަރަކު އައްޔަންކުރުމަށެވެ.

ޝަމީމްގެ އެ ހުށަހެޅުއްވުމާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ޚަބަރެއް 'ފޭސްބުކް'ގައި ހިއްސާކުރައްވައި ޢަލީ ލިޔުއްވައިފައި ވަނީ އޭސީސީގެ މެންބަރުންނަކީ ރައްޔިތުންގެ ވޯޓަކުން ހޮވައި، ނުވަތަ ވަކިނުކުރެވޭ ބަޔަކަށް ހަދައިގެން ނޫނީ އެ މުއައްސަސާ މިނިވަނެއް ނުވާނެ ކަމަށާއި، ރާއްޖޭގެ ކޮރަޕްޝަނެއް ނުހުއްޓުވޭނެ ކަމަށެވެ.

ގަނޫނީ ވަކީލު އަލީ ހުސައިން -- ސަން ފޮޓޯ/ ނާއިޝް ނާހިދު

"އެންޓި-ކޮރަޕްޝަން ކޮމިޝަނަރަކީ ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ މީހަކަށް ނުހަދާހާ ދުވަހަކު ރަނގަޅެއް ނުވާނެ، މަޖިލީހުން ހޮވާ ގޮތަށް އޮތަސް އަންނާނީ ހަމަ ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ މީހާ. ރައްޔިތުންގެ މަޖްލިސް ފެންނަނީ ސަރުކާރުގެ ޑިޕާޓްމަންޓެއްގެ ގޮތުގައި،" ޢަލީ ކުރެއްވި އިތުރު ޕޯސްޓެއްގައި ވެއެވެ.

އަމިއްލަ ބްލޮގުގައި ލިޔުއްވި ޕޯސްޓެއްގައި ޝަމީމް ހުށަހަޅުއްވައިފައި ވަނީ ފަސް މެމްބަރުންގެ ބަދަލުގައި އެންމެ ކޮމިޝަނަރެއް އައްޔަންކުރުމަށެވެ. ޕްރޮސެކިއުޓަރު ޖެނެރަލް އަދި ޓެކްސް ކޮމިޝަނަރު، އެންޓި-ކޮރަޕްޝަން ކޮމިޝަނަރުވެސް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ ގޮތަށް ހަމަޖެއްސުމަށް އޭނާ ހުށަހެޅުއްވިއެވެ.

މި މޮޑެލްގައި ކޮމިޝަނަރުގެ ދަށުން ދެ ޑެޕިއުޓީން ތިބޭނެއެވެ. އެއީ ތަހުގީގީ ދާއިރާގެ ތަޖުރިބާހުރި ބޭފުޅަކާއި، ޕްރޮސެކިއުޝަން އަދި ގާނޫނީ ދާއިރާގެ ތަޖުރިބާހުރި ބޭފުޅެކެވެ. މީގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރެއް ހުރުމަށްވެސް ހުށަހަޅުއްވައިފައިވެއެވެ.

ކުރީގެ ޕީޖީ ހުސައިން ޝަމީމު -- ސަން ފޮޓޯ/ މޫސާ ނަދީމް

މީގެ އިތުރުން، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ދެ ތިން ޕްރޮސިކިއުޓަރުންނާއި، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކަށް ތައުލީމީ ދާއިރާއިން ޓީޗަރުން ވީއްލުމަށްވެސް ހުށަހަޅައިފައިވެއެވެ.

ކޮމިޝަނުގައި ދާއިމީކޮށް ތިބޭނީ ހަމައެކަނި އިދާރީ މުވައްޒަފުން ކަމަށާއި، އެ މުވައްޒަފުންނަކީވެސް ކޮންމެ ތިން އަހަރަކުން އެހެން އިދާރާތަކަށް ބަދަލުވާ ބަޔަކަށް ހެދުމުން ކޮރަޕްޓްވުމުގެ ފުރުސަތު ބަންދުވާނެކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ.

ކޮރަޕްޝަނަކީ ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައެކެވެ. އެކިއެކި މަޝްރޫއުތަކުން ވެސް ކޮރަޕްޝަން ހިންގާކަމުގެ ޝަކުވާ ބޮޑެވެ. އަދި، އެފަދަ މައްސަލަތައް އޭސީސީން އެންމެ އެކަށީގެންވާ ގޮތުގައި ތަހުގީގުނުކުރާކަމުގެ ޝަކުވާ ވެސް އާންމުން ކުރެއެވެ.