24 May 2026, 11:21
ރާއްޖޭގައި ފުޅާދާއިރާއެއްގައި ލޮލުގެ ފަރުވާގެ ޚިދުމަތް ދެމުން އަންނަ އައިކެއަރ އޮޕްޓިކަލްގެ 23 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މި ޕްރޮމޯޝަންގެ ދަށުން، އައިކެއަރގެ ހުރިހާ އައުޓްލެޓްތަކުން ވިއްކާ ހުރިހާ ބްރޭންޑެއްގެ އައިނު ފްރޭމްތަކާއި އަވިއައިނުން 23 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ އިއްޔެއިން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ.
އައިކެއަރގެ މެނޭޖިން ޑިރެކްޓަރު ޑރ. އަބްދުﷲ ޒާހިރު ވިދާޅުވީ، މީގެ 23 އަހަރު ކުރިން އައިކެއަރ އުފެއްދީ މުޅި ރާއްޖޭގައި ފެންވަރު ރަނގަޅު ލޮލުގެ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ތަސައްވުރާއެކު ކަމަށެވެ. އަދި މިއަދު މި ދެކޭ ކާމިޔާބީގެ އަސްލަކީ އައިކެއަރގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތާއި، އައިކެއަރގެ ޚިދުމަތްތަކަށް ކަސްޓަމަރުންނާއި ޕާޓްނަރުން ކުރާ އިތުބާރުކަން އޭނާ ފާހަގަ ކުރެއްވެވިއެވެ.
ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި އައިކެއަރ އިން ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޚިދުމަތްފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އާންމުންނާގާތަށް ފޯރުކޮށްދީފައެވެ.
އަހަރީ ދުވަހާ ގުޅިގެން އައިކެއަރގެ ހުރިހާ އައުޓްލެޓްތަކެއްގައި މިހާރު ކުރިއަށްދާ މި ޕްރޮމޯޝަނުގެ ދަށުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އައިނުތައް ހެޔޮ އަގުގައި ލިބިގެންދާނެއެވެ.