ހުޅުމާލެ ސްޓެލްކޯއާ ދިމާލުން ފަޅުތެރެއަށް, ވަލެއް އެއްސުމަށް ރޭ އިރުއޮއްސުނު އިރު ފޭބި ދިވެއްސަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާގައި މަރުވެފައި ވަނީ ކ.ގުރައިދޫ, ރަތްވިލާގެ ، އިބްރާހިމް ޝާކިރު, 48, އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވިގޮތުގައި އޭނާ ފެނުނީ މިއަދު 08:25 އެހައިކަންހާއިރު މޫދުއަޑިން ކަމަށެވެ. އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ދުވަސްވަރު މޫދުގައި ހިތާމަވެރި ހާދިސާތައް ހިނގުން މިވަނީ އިތުރުވެފައެވެ. މި ފަހުން ވ. އަލިމަތަ ކައިރިއަށް ވަރަށް ފުނަށް ދިޔަ އިޓަލީގެ ފަސް ފަތުރުވެރިން ވެސް މަރުވެފައިވާއިރު ގދ. ވާދޫ ކައިރިއަށް ރާޅާއަޅަން އުޅުނު ފަތުރުވެރިއަކު ވެސް ގެނބިގެން މަރުވެފައިވެއެވެ.