17 Sep 2012, 15:50
އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން އަނެއްކާ ވެސް ހޯދަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ރޭ 8:45 ހާއިރު ގެއްލިފައިވާ ކަމަށް އާއިލާއިން ރިޕޯޓްކޮށްގެން ހޯދަމުން ދަނީ ގެއްލިގެން ހޯދަމުން ދަނީ އއ. ރަސްދޫ ފެހިވިނަ، އާއިޝަތު ވިދާދާ ކަމަށެވެ.
ނަމަވެސް އެ ކުއްޖާ ދިރިއުޅެމުން ދަނީ މާލޭގައި ކަމެއް ނުވަތަ ރަސްދޫގައި ކަމެއް ފުލުހުންގެ އޮފިޝަލު ވިދާޅެއްނުވެ އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެކުއްޖާ އެންމެފަހުން ފެނިފައިވަނީ އަލިކިލޭގެފާނުމަގުން ކަމަށެވެ. އަދި އޭރު އެކުއްޖާ ލައިގެން ހުރީ ހުދު ކުލައިގެ ޓީޝަޓަކާއި ކަޅު ޖިންސެއްގެ އިތުރުން އަރައިގެން ހުރީ ކަޅު ބޫޓަކަށް ކަމަށް އާއިލާ ހަވާލާދީ ފުލުހުން ބުނެ އެވެ.
ބާރަ އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަންފެށިއިރު، 12 އަހަރުގެ އަންހެން ކުއްޖަކު ރޭ ވެސް ގެއްލިގެން ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި މިހާރު އެކުއްޖާ ފެނިގެން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.