21 May 2026, 10:40
ރާއްޖޭގައި އެންމެ މަގުބޫލު އެއް ބޮޑުބެރު ގްރޫޕް ކަމަށްވާ "ހަބޭސް ބޮޑުބެރު" ގްރޫޕުން، ކުރިއަށް އޮތް ބޮޑު އީދު ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ހަތަރު ރަށެއްގައި ހަރަކާތްތައް ކުރިއަށްގެންދަން ތައްޔާރުވެއްޖެއެވެ.
އެ ގްރޫޕުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިފަހަރުގެ އީދު ޝޯތައް ފަށާނީ އަންނަ ބުދަ ދުވަހު ވ. ތިނަދޫ އިންނެވެ. އޭގެ ފަހުން ބުރާސްފަތި ދުވަހު ބ. ކަމަދޫގައި ޝޯ ދިނުމަށްފަހު، ހުކުރު ދުވަހު ހަރަކާތްތައް ކުރިއަށް ގެންދާނީ ރ. މަޑުއްވަރީގައެވެ. އަދި އީދުގެ ފަހު ޝޯ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވަނީ ހދ. މަކުނުދޫގައެވެ.
މި ހަތަރު ރަށުގައިވެސް ހަބޭސް ގްރޫޕުގެ ފަރާތުން ތަފާތު ހަރަކާތްތަކެއް ފެނިގެންދާނެއެވެ. އެގޮތުން ކޮންމެ ރަށެއްގައިވެސް ހަވީރުގެ ވަގުތުގައި ސަގާފީ ކުޅިވަރުތައް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ދަނޑިޖެހުމާއި، މާފަތިޖެހުމާއި، ތާރަޖެހުމުގެ އިތުރުން މާގަނޑު ނެށުމާއި ދިގުމަގު ހަރުބީ އަދި ދަފިނެގުން ހިމެނޭނެ ކަމަށް އެ ގްރޫޕުން ބުނެއެވެ. އަދި ރޭގަނޑުގެ ވަގުތުގައި ހާއްސަ ސްޓޭޖް ޝޯތައް އޮންނާނެ ކަމަށްވެސް މައުލޫމާތުދެއެވެ.
ހަބޭސް ބޮޑުބެރު ގްރޫޕަކީ ރާއްޖޭގައި ބާއްވާ ބޮޑެތި އިވެންޓްތަކާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން އީދު ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގައި އާންމުންގެ މެދުގައި އެންމެ ޑިމާންޑު ބޮޑު އެއް ޓީމެވެ. ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައި ބާއްވާ ބައެއް ހަފުލާތަކުގައިވެސް އެ ގްރޫޕުން އަންނަނީ ހުނަރު ދައްކަމުންނެވެ.