17 Sep 2012, 13:49
ޔޫކޭ މޯލްޑިވްސް އޯލް ޕާލިމެންޓްރީ ގްރޫޕްގެ ޗެއާމަން މިސްޓަ ޑޭވިޑް އަމެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މައްޗަށް ބައްލަވާލައްވައި، ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ކަން ހިނގާދިޔަ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މިސްޓަރ ޑޭވިޑް އަމެސް ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ޤައުމަކުންވެސް ޑިމޮކްރަސީގެ އުސޫލުތައް ހިފެހެއްޓުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ.