17 Sep 2012, 13:36
މިއަހަރުގެ ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރަން މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާޖީ އާއި ހުޅުމާލެ ޑިވޮލަޕްމަންޓު ކޯޕުރޭޝަން އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީއާ ގުޅިގެން ހުޅުމާލޭގައި ބައިސްކަލް ރޭހެއް ބާއްވަން ނިންމައިފި އެވެ.
އޯޒޯން ދުވަހަކީ 16 ސެޕްޓެމްބަރު އެވެ.
މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، މިމަހުގެ 29 ވަނަ ދުވަހު ހުޅުމާލޭގައި ބާއްވާ ބައިސްކަލް ރޭހުގައި ދެ ޖިންސްގެ މީހުންނަށް ވެސް ބައިވެރި ވެވޭނެ ކަމަށާއި ރޭސް އޮންނާނީ އަށް އުމުރު ފުރައަކަށް ބަހާލައިގެން ކަމަށެވެ.
އެއީ ނުވަ އަހަރުން ދަށާއި 11 އަހަރުން ދަށާއި 13 އަހަރުން ދަށާއި 16 އަހަރުން ދަށާއި 19 އަހަރުން ދަށާއި 21 އަހަރުން ދަށާއި 21 އަހަރުން މަތި އަދި 40 އަހަރުން މައްޗެވެ.
ރޭ ހުގެ ކޮންމެ ކެޓަގަރީއަކުން ވެސް އެއް ވަނަ ދެވަނަ އަދި ތިން ވައަށް އަންނަ ފަރާތްތައް ހޮވައި، ޚާއްސަ މެޑަލް އަދި ހަދާނީ ލިޔުން ދެވޭ މިރޭހުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ. ރޭހުގައި ބައިވެރިވުމަށް އެދޭ ފޯމް މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނާޖީ އިން ދޫކުރަން ފަށާފައި ވާއިރު، މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އޯޒޯން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިދިޔަ އަހަރުވެސް ހުޅުމާލޭގައި ވަނީ ބައިސްކަލް ރޭހެއް ބާއްވާފަ އެވެ.