05 Sep 2010, 09:28
14:31
ޒުވާނުންނަށް ޚާއްސަކޮށްގެން "ޕެޝަން"ގެ ނަމުގައި މަޖައްލާއެއް ނެރެން ފަށައިފި އެވެ.
ޕެޝަންގެ އެގްޒެކްޓިވް އެޑިޓަރެއް ކަމަށްވާ އަބުދުﷲ ޝަބީން މިއަދު ވިދާޅުވީ އިނގިރޭސި ބަހުން ލައިފް ސްޓައިލްގެ މަޖައްލާއެއް ނެރުމުގެ ބޭނުމަކީ ޒުވާނުންނާ ގުޅޭ އެ ކަހަލަ މަޖައްލާއެއް މިވަގުތު ރާއްޖޭގައި ނެތުމުން ޒުވާނުންނަށް ބޭނުންވާ މަޢުލޫމާތު ހިމަނައިގެން މަޖައްލާއެއް ފޯރުކޮށްދިނުން ކަމަށެވެ. ޝަބީން ވިދާޅުވީ މިހާރު ނެރުމުންދާ މަޖައްލާތަކަކީ އަބަދުވެސް ސިޔާސީ ވާހަކަތައް ހިމެނޭ މަޖައްލާ ތަކަކަށް ވިނަމަވެސް "ޕެޝަންގައި" ހިމެނޭނީ މުޅިން ވެސް ޒުވާނުންގެ ލައިފްސްޓައިލްއާ ބެހޭ ލިޔުންތައް ކަމަށެވެ.
ޝަބީން ވިދާޅުވީ ދެ މަހުން އެއްމަހުން ނެރޭ ގޮތަށް ހަމަޖައްސާފައިވާ މި މަޖައްލާ ލިބޭނީ ހިލޭ ކަމަށެވެ.
ޝަބީން ވިދާޅުވީ ޕެޝަން މަޖައްލާގެ ކޮންމެ އަދަދެއްގައި ވެސް ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑަކާ ބެހޭ މަޢުލޫމާތު ހިމަނާނެ ކަމަށެވެ.