އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ ކުއްޖާ ގެއްލިގެން އާއިލާއިން ރިޕޯޓްކޮށްފައި ވަނީ ރޭ 9:30 ހާއިރު ކަމަށެވެ.

ގެއްލިގެން ފުލުހުން ހޯދަމުންދަނީ ގ.ހުރަސްފަރު ޔަޝްފާ އަހުމަދު އެވެ. އެކުއްޖާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ.

އެކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އަންގައިދިނުމަށް ފުލުހުން އެދެ އެވެ.

ބާރަ އަހަރުގެ އަންހެން ކުއްޖާ ގެއްލިގެން ފުލުހުން ހޯދާމުންދާއިރު އާއިލާ މީހުންނަށް އެކުއްޖާ އެންމެފަހުން ފެނިފައިވަނީ ގޭގައި ހުއްޓައި ކަމަށް މައުލޫމާތު ލިބެ އެވެ.