ރާއްޖެގެ އެންމެ ގިނަ ދުވަސްވީ އަދި ގިނަ ބައެއްގެ މެދުގައި މަގުބޫލު މަމީ ނޫޑުލްސްގެ ކަރީ ފުލޭވާގެ އަގު ބޮޑުކޮށްފި އެވެ.

ރާއްޖެއަށް މަމީގެ ޕުރޮޑެކްޓް އެތެރެކުރާ ލިލީ ސުޓޯރުން ބުނީ މިހާރު މަމީ ކަރީ ފުލޭވާގެ ކޭހަކުން 12 ރުފިޔާ އަގު ބޮޑުކޮށްފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން 98ރ. އަށް ކޭހެއް ވިއްކި ނަމަވެސް މިހާރު ވިއްކަނީ 110ރ. އަށެވެ.

އެހެންކަމުން ކުރިން 3.50ރ. އަށާއި 4ރ. ލިބެން ހުރި މަމީނޫޑްލިސް ކަރީ ބުރޭޑް މިހާރު ގިނަ ފިހާރަތަކުން ލިބެން ހުރީ 4:00ރ. އާއި 5ރ. އަށެވެ.

ލިލީން ބުނީ މަމީ ނޫޑްލިސްގެ ކަރީ ބުރޭންޑް އަގުބޮޑު ކުރީ އެ ނޫޑްލިސް ގަންނަން އެ ކުންފުއްޏަށް ވެސް ލިބޭ އަގޮބޮޑު ވުމުން ކަމަށެވެ.

މަމީ ނޫޑްލްސް ކަރީ ބުރޭންޑްގެ އަގު ބޮޑު ކޮށްފައިވާއިރު ލިލީން ވަނީ މަމީ އެކުސްޓްރާ ސުޕައިސީގެ ނަމުގައި މަމީގެ އާ ޕުރޮޑެކްޓެއް ބާޒާރަށް ނެރެފަ އެ ޕުރޮޑޭކްޓް ހަމަ ކުރިން ލިބެން ހުރިއަގުގައި ލިބެން އެބަހުއްޓެވެ.

މަމީ ނޫޑުލްއަކީ 1971 ވަނަ އަހަރުން ފެށިގެން މެލޭޝިޔާއާއި ސިންގަޕޫރުގެ އިތުރުން އޮސްޓްރޭލިޔާގައި ވެސް އުފައްދާ ރާއްޖޭގައި ރާއްޖޭގެ ގިނަބައެއްގެ މަގުބޫލްކަން ހޯދާފައިވާ މަގުބޫލު ނޫޑުލުހެކެވެ.