18 May 2026, 15:18
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ އިޓަލީގެ ހަތަރު ފަތުރުވެރިންގެ ހަށިގަނޑު މިއަދު ފެނިއްޖެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން މިއަދު ހާމަކުރި ގޮތުގައި، މި ފަތުރުވެރިން ހޯދުމަށް ހިންގި ޚާއްޞަ އޮޕަރޭޝަނުގައި އެމީހުންގެ ހަށިގަނޑުތައް ލޮކޭޓް ކުރެވިފައިވަނީ އެމީހުން ޑައިވް ކުރަން ފޭބި ހޮހޮޅައިގެ (ކޭވް) ތެރެއިންނެވެ.
މި އޮޕަރޭޝަނަކީ އެމްއެންޑީއެފް ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން އިޓަލީ ސަރުކާރުގެ ފަރާތުން ހަމަޖެއްސި ބޭރުގެ ތަޖުރިބާކާރު ޑައިވަރުން ގުޅިގެން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އިޓަލީއަށް ނިސްބަތްވާ ޖުމްލަ ފަސް ފަތުރުވެރިން ގެއްލިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންއަށް ފޭބިފަހުންނެވެ.
އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދަނިކޮށް، ހަށިގަނޑުތައް ފެނިފައިވަނީ ކަނޑުގެ އަޑީގައި އޮތް ނުރައްކާތެރި ހޮހޮޅައެއްގެ ތެރެއިންނެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވަނީ، ހަށިގަނޑުތައް މިހާރު ލޮކޭޓް ކުރެވިފައިވީ ނަމަވެސް، އެ ތަކެތި ހޮހޮޅައިން ބޭރަށް ނެރުމުގެ މަސައްކަތް އަދި ނުނިމޭ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ޑައިވްތަކުގައި އެ ހަތަރު މީހުންގެ ހަށިގަނޑު ހޮހޮޅައިން ނެގުމުގެ މަސައްކަތް ކުރުމަށް މިހާރު ވަނީ ރޭވިފައެވެ.
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
ތަފްސީލް އަންނަނީ......