18 May 2026, 09:24

ލޯކަލް ކައުންސިލްތަކުގެ ފަސްވަނަ ދައުރަށް އަލަށް އިންތިޚާބުވި މޭޔަރުންނާއި، ޑެޕިއުޓީ މޭޔަރުންގެ އިތުރުން ކައުންސިލަރުން އިއްޔެ ރަސްމީކޮށް މަސައްކަތާ ހަވާލުވިއިރު ހއ. ފިއްލަދޫއިން ފެނުނީ ތަފާތު މަންޒަރެކެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސަށް ހުވާލައިދެއްވީ އޭނާގެ އަނބިކަނބަލުންނެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސާއި އޭނާގެ އަނބިކަނބަލުން އެރަށު ކޯޓުގެ އިސް މެޖިސްޓްރޭޓް ---
ފިއްލަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާމިދަށް ހުވާލައިދެއްވީ އެ ރަށު ކޯޓުގެ އިސް މެޖިސްޓްރޭޓް އަދި އޭނާގެ އަނބިކަނބަލުން އައިޝަތު ފަރީދާއެވެ. ފަރީދާ ފިއްލަދޫ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މަގާމާއި ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
އެނގިފައިވާ ގޮތުގައި ފަރީދާއާއި ޙާމިދަކީ ވެސް ޝަރީއާ އެންޑް ލޯއިން ޑިގްރީ ހާސިލްކޮށްފައިވާ ދެ ބޭފުޅުންނެވެ.

ފިއްލަދޫ ކައުނސިލްގެ ކައުނސިލްރުން ހުވާކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ: ފިއްލަދޫ ކައުންސިލް
ފިއްލަދޫ ކައުންސިލްގެ ތިން ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ތިން ގޮނޑިވެސް ކާމިޔާބުކޮށްފައިވަނީ ސަރުކާރު ހިންގާ ޕީއެންސީއިންނެވެ.
ފިއްލަދޫގެ ހުރިހާ ގޮނޑިތަކެއް އެއް ޕާޓީއަކުން ހޯދި މިއީ ފުރަތަމަ ފަހަރެވެ.