17 Sep 2012, 09:56
ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ފުލުހުން ހުއްޓުވައި ޗެކު ކުރި އިރު މަސްތުވާތަކެއްޗި ފެނުމުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ހެންވޭރު ސަރަހައްދުގައި މިދިޔަ ހޮނިހިރު ދުވަހު ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ހުއްޓުވައި ބަލައި ފާސްކުރި އިރު އެ ސައިކަލުގެ ކުރީ ކަވަރު ތެރޭގައި ހުރި ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަ ޕެކެޓު ފެނިފައިވާ ކަމަށެވެ.
އަދި އެ މައްސަލަ އާ ގުޅިގެން އެ ސައިކަލުގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އަދި އެ ދެ މީހުންގެ ހަށިގަނޑު ބަލައި ފާސްކުރި އިރު 21000ރު. އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މަސްތުވާތަކެތީގެ މައްސަލަތަކުގައި މި އަހަރުގެ މިހާތަނަށް 677 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.