ނޫސްވެރިންގެ ދިފާއުގައި މާލޭގައި މިރޭ ބޭއްވުމަށް އިންތިޒާމުކުރި އިހުތިޖާޖު ފެށުމުގެ ކުރިން، ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން އެއްވެސް އިންޒާރަކާ ނުލައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ހާދިސާގައި ހުސައިން ހަސަންގެ އިތުރުން އިތުރު މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް މަޖީދީމަގަށް ނުނިކުމެ، ޗާންދަނީ މަގުގައި މަޑުކޮށްގެން ތިއްބައެވެ.

އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކުއްލި ގޮތަކަށް އެއްވެސް އެންގުމަކާ ނުލައި ކަމަށް ވެސް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

ރޭ ވެސް ވަނީ މާލޭގައި ނޫސްވެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވައިލައި އެތައް ސަތޭކަ ބަޔަކާ އެކު އިހުތިޖާޖުކޮށްފައެވެ.