05 Sep 2010, 09:10
ތިލަފުށީ ފަޅުތެރޭގައި އަޅައިފައި އޮތް ދޯންޏެއްގައި ރޯވެ ވަރަށް ބޮޑަށް އަނދައިފި އެވެ.
އެމްއެންޑީއެފްގެ އޮފިޝަލަކު ވިދާޅުވީ ތިލަފުށީ ދެކުނު ފަރާތު ފަޅުގައި އޮތް އެ ދޯނީގައި ރޯވެފައި ވަނީ ރޭ ދަންވަރު ކަމަށް. ނަމަވެސް އެ ހާދިސާ ހިނގިއިރު އެ ދޯނީގައި އެއްވެސް މީހަކު ނެތް ކަމަށް ވެސް އެމްއެންޑީއެފްގެ އޮފިޝަލު ވިދާޅުވި އެވެ.
އެ ހާދިސާގައި އެ ދޯނީގެ މެދާ ހިސާބުން ކުރީކޮޅު ގެގަނޑާ އެކު ވަނީ ވަރަށް ބޮޑަށް އަނދައިގެން ގޮސްފައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެ ދޯނީގައި ބޭނުންކުރާ ދެ ފެން ޕަންޕާއި، ކުޑަ ޖަނަރޭޓަރަކަށް އަލިފާނުގެ އަސަރުކޮށް ހަލާކުވެފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނޭ.
އެ ދޯނީގައި ރޯވެފައިވާ އަލިފާން ނިއްވާލެވުނީ ރޭ ފަތިހު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.