09 Mar 2010, 15:19
19:00
ހުޅުމާލޭގައި ރޭ ބޭއްވި އެމްޑީޕީ ޖަލްސާއިން ދިޓީވީގެ ނޫސްވެރިން ބޭރުކުރި މައްސަލަ ޑީއާރުޕީން ކުށްވެރިކޮށްފި އެވެ.
ހުޅުމާލޭ ފަރީދިއްޔާ ސްކޫލްގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާއިން ދިޓީވީގެ ނޫސްވެރިން ބޭރުކުރުމާއި ގުޅިގެން ޑީއާރުޕީގެ ރަޖިސްޓްރާ މުހައްމަދު ސަލީމް ވިދާޅުވީ ތަފާތު ގޮތްގޮތުން އަދުގެ މީޑިއާއަށް ސަރުކާރުން ފިއްތުންތައް ކުރަމުންދާ ކަމަށެވެ. އަދި މީޑިއާގެ ބާރު ކަނޑުވާލަން ސަރުކާރުން ކުރާ ކަންތައްތައް ހަރުއަޑުން ކުށްވެރި ކުރާ ކަމަށާއި އެގޮތުން ރޭ އެމްޑީޕީގެ ޖަލްސާއިން ދިޓީވީގެ ނޫސްވެރިން ބޭރުކުރުން އެއީ އެ މީހުންގެ ޒިންމާއަށް ހުރަސްއެޅުން ކަމަށެވެ.
އެމްޑީޕީގެ ޖަލްސާއިން ދިޓީވީގެ ނޫސްވެރިން ބޭރުކުރުމާ ގުޅިގެން ރޭ އެ ޖަލްސާގައި އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕްގައި ރައީސް މޫސާ މަނިކު ވިދާޅުވީ ދިޓީވީން އޭނާއާ ބެހޭ ގޮތުން ތަފާތު އަޑުތައް ފަތުރާ ކަމަށް ބުނެ ހުޅުމާލޭ ރައްޔިތުން އެމީހުން އެ ޖަލްސާއިން ބޭރުކުރީ ކަމަށެވެ. އަދި ހުޅުމާލޭގެ ރައްޔިތުން ކުރާ އެފަދަ ކަންކަމަށް އޭނާ ދެކޮޅު ހައްދަވަން ބޭނުންނުވާ ކަމަށް ވެސް މޫސާ މަނިކު ވިދާޅުވި އެވެ.