16 Sep 2012, 16:24
ކޭބަލް ޓީވީގެ ހިދުމަތް ފުޅާދާއިރާއެއްގައި ދެމުން އަންނަ މީޑިއާނެޓުން ލޯކަލް ޗެނަލްތަކަށް ހާއްސަކޮށްގެން 150ރ. ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
މީޑިއާ ނެޓުން ބުނީ "އިންޓްރޯ ޕެކް"ގެ ނަމުގައި ތައާރަފްކުރި އެ ޕެކޭޖުގައި 25 ޗެނަލް ހިމެނޭ ކަމަށާއި އެ ޗެނަލްތަކުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލްތަކުގެ އިތުރުން ލައިފް އޯކޭ ޗެނަލާއި ކާޓޫން ނެޓްވޯކް އަދި ބީބީސީ އާއި އޮސްޓްރޭލިއާ ނެޓްވޯކުގެ އިތުރުން ޕީސް ޓީވީ ވެސް ހިމެނޭ ކަމަށެވެ.
އަދި ބުނީ މިއީ ލޯކަލް ޗެނަލްތައް ބަލާ ފަރާތްތަކަށް އަގުހެޔޮކޮށް އެ ޗެނަލްތައް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ތައާރްފްކުރި ޕެކޭޖެއް ކަމަށެވެ.
މީޑިއާނެޓުން ލޯކަލް ޗެނަލްތަކަށް ހާއްސަކޮށްގެން އަގުހެޔޮ ޕެކޭޖެއް ތައާރްފްކޮށްފައިވާ އިރު އެ ކުންފުނިން ވަނީ އެފަރާތުންދޭ ހުރިހާ ޗެނަލްތައް ޑިޖިޓަލްކޮށް އެޗްޑީ ޗެނަލްތަކަށް ވެސް ދޫކުރަމުންނެވެ.