14:05


މާލެ އަތޮޅު ޕެރަޑައިސް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޓޫރިސްޓަކު ރިސޯޓުގެ ފަޅުތެރެއަށް ސްނޯކުލިން އަށް ގޮސް އުޅެނިކޮށް ގެނބިގެން މިއަދު މަރުވެއްޖެ އެވެ.


ފުލުހުންގެ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ޕެރަޑައިސް  ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ޗައިނާގެ އުމުރުން 48 އަހަރުގެ އަންހެންމީހާ  މޫދަށް ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު ލިބުނީ ހެނދުނު ގާތްގަނޑަކަށް  10:45 އެހާކަންހާއިރު ކަމަށެވެ. އަދި ބުނީ އެ މީހާ ރިސޯޓުގެ ފަޅުތެރެއިން ނަގައިގެން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެނައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.


އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ޕެރަޑައިސް އިން، ގެނބުނު މީހާ ގެނައިރު ވެސް މަރުވެފައި އޮތުމުން އެމީހާގެ ހަށިގަނޑު އަދި އެ ހޮސްޕިޓަލުގައި ބާއްވާފައިވާ ކަމަށެވެ.


މަރުގެ މި ހާދިސާ ފުލުހުން މިހާރު ވަނީ ތަހުގީގު ކުރަން ފަށައިފަ އެވެ.


ފަހަކަށް ރާއްޖޭގެ ރިސޯޓުތަކުގައި ގެނބިގެން ޓޫރިސްޓުން މަރުވުން ވަނީ ވަރަށް ބޮޑުތަން އިތުރުވެފަ އެވެ. އެންމެ ފަހުން ޓޫރިސްޓަކު މަރުވެވެފައި ވަނީ ރ. މީދުއްޕަރު ރިސޯޓަށް ޗުއްޓީ ހޭދަކުރަން އައިސް ހުރި އިނގިރޭސި ވިލާތުގެ މަޝްހޫރު ޑޮކްޓަރެކެވެ.  


ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2006 ވަނަ އަހަރު ރާއްޖޭގައި 10 ޓޫރިސްޓުން، 2007 ވަނަ އަހަރު ހަތަރު ޓޫރިސްޓުން، 2008ގައި ދެ ޓޫރިސްޓުން މަރުވެފައިވާ އިރު މިދިއަ އަހަރު އެއް ޓޫރިސްޓަކު މަރުވެފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ހަތަރު ޓޫރިސްޓަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަނިކޮށް ގެނބިގެން ވަނީ މަރުވެފަ އެވެ.


 


ޕެރަޑައިސް ރިސޯޓުގައި މޫދަށް އެރިއުޅުނު 48 އަހަރުގެ ޗައިނާ އަންހެނަކު މިއަދު މަރުވެއްޖެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ މިއަދު ހެނދުނުގެ މި ހާދިސާގައި އެ އަންހެން މީހާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ.