16 Sep 2012, 12:45
ކުލަބު ވެލެންސިއާގެ އެސިސްޓެންޓް ކޯޗުކަން އެ ޓީމުގެ ކުރީގެ ކެޕްޓަން ތޮއްޑޫ މުހައްމަދު ނިޒާމަށް ދީފި އެވެ.
ނިޒާމަކީ ވެލެންސިއާ އަށް ވަރަށް ގިނަ ދުވަސްތަކެއްްވަންދެން ކުޅެ އެ ކުލަބަށް ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ކުޅުންތެރިއެކެވެ.
ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2003 ވަނަ އަހަރު ހޯދި ނިޒާމަކީ އެއހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުން ރިހި މެޑަލް ހޯދި ގައުމީ ޓީމުގެ ވެސް ކެޕްޓަނެވެ.
އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެފްއޭކަޕް ކުއާޓާ ފައިނަލުގައި ވިކްޓަރީ އަތުން ވެލެންސިއާ ބަލިވި މެޗުގައި ފުރަތަމަ ފަހަރަށް ބެންޗަށް ގޮސްފަ އެވެ. މިއީ އޮފިޝަލެއގެ ގޮތުގައި އޭނާގެ އޭނާގެ މަސްއޫލުވެރިކަމުގެ ދަށުގައި އޮންނަ އޭނާގެ ރަށު ޓީމު ތޮއްޑޫ ފުޓްބޯޅަ ކުލަބުގެ ބެންޗު ފިޔަފައި އެހެން ޓީމަކުން ނިޒާމް ފެނުނު ފުރަތަމަ ފަހަރެވެ.
ވެލެންސިއާގެ ކޯޗުކޮށްދެމުން އަންނަ އެސިސްޓެންޓް ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ "(ނިޒާމް) އޭނާ ބެންޗުގައި އިނުމުން ވަރަށް ފަސޭހަ. ޕްރެޝަރު ގަޑިތަކުގައި ވެސް އޭނާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ،" ކަމަށެވެ.