09 May 2026, 17:21
ހުޅުމާލެ ފަޅު ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި މިއަދު ވަރަށް ބޮޑަށް ރޯވެ، އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ.
މަންޒަރު ދުށް މީހުންނާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ "ސަން"ގެ ނޫސްވެރިން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވެފައިވަނީ ހުޅުމާލެ ފަޅު ބޭރުގައި އޮތް އުޅަނދެއްގައެވެ. އެއީ އެ ސަރަހައްދުގައި އަޅާފައި އޮތް އެމްޕެރޯ އެކްސްޕްލޯރާ ސަފާރީއެވެ.
މި ހާދިސާގައި އެ އުޅަނދުގައި ވަރަށް ބޮޑަށް ރޯވެ، ބޯ ދުންތައް މުޅި ސަރަހައްދަށް ފެތުރިފައިވާ މަންޒަރު ދުރު ހިސާބުތަކަށްވެސް ދަނީ ފެންނަމުންނެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށްޓަކައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ޓީމުތަކުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. އުޅަނދުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.