16 Sep 2012, 10:38
ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރައްވާ އަމިއްލަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން މާލޭގައި ހުންނަވައިގެން، ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ނަޝީދު މިއަދު ވިދާޅުވީ އިނގިރޭސި ވިލާތަށް ކުރައްވާ އެ ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި އާއި ކޮމަންވެލްތްގެ ސެކެރަޓަރީ ޖެނަރަލްއާއި ބައްދަލު ކުރެއްވުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ބައިނަލް އަގުވާމީ އެކިި ޖަމާއަތްތަކާއި ބައެއް މީޑިޔަތާކުގެ އިތުރުން ކޮމަންވެލްތްގެ އިސް ބޭފުޅުންނާއި އެކު ކުރަައްވާ އެ ބައްދަލުވުމުގައި މިހާރު ރާއްޖޭގެ މަޝްރަހް ހިނގަމުން މިދާ ގޮތް ސާފް ކޮށްދެއްވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
" އެހެންވީމަ އަޅުގަނޑުމެނަށް ސާފު ކޮށްދެވޭނެ ރާއްޖެ ކަންތައް މިހާރު ހިނގަމުންދާ ގޮތް،" ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖެއަށް ހަމަ ޖެހުމެއް ގެނަން ބޭނުންވާނަމަ ގާނޫނު އަސާސީއަށް އިސްލާހް ގެނެސް، ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ހިނގާދިޔަ ކަންތައް ތަކުގައި އަޅަން ޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމުގެ އިތުުރުން އަވަސް އިންތިހާބެއް ވެސް ބާއްވަން ޖެހޭ ކަމަށެވެ.
"ޖުމްލަގޮތެއްގައި ތިންކަމެއް އެބައޮތް ކުރަން. ގާނޫނު އަސާސީއަށް ގެނަން ޖެހޭ އިސްލާހްތަކެއް އެބަހުރި. ފެބްރުއަރީ ހަތެއްގައި ހިނގާދިޔަ ގާނޫނާއި ހިލާފް ކަންކަމާއި ގުޅިގެން އަޅަން ޖެހޭ ގާނޫނީ ފިޔަވަޅު އަޅަން ޖެހިފައި މި އޮތީ. ހަމަ އެހެންމެ ރައްޔިތުން ގާތުގައި އެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާން ބޭނުންވަނީ ކޮންބައެއްތޯ ބެލުމަށް ސާފްކޮށް އޮޅުންފިލާނެ އިންތާބެއްވެސް އެބަ ބޭނުންވޭ،" ނަޝީދު ވިދާޅުވި އެވެ.