އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކޮށްފި
އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އއ. ތޮއްޑޫގައި އާ އޭޓީއެމް ޚިދުމަތެއް މިއަދު ތަޢާރަފުކޮށްފިއެވެ.

އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކޮށްފި
އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ޚިދުމަތް ތަޢާރަފުކޮށްފި

މި ޚިދުމަތް ރަސްމީކޮށް އިފުތިތާޙްކޮށްދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލާއި، ތޮއްޑޫ ކައުންސިލުގެ ނައިބު ރައީސް އަލީ އާދަމެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްއައިބީގެ ޚިދުމަތްތައް ފުޅާކުރުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިންމު މަސައްކަތެކެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އއ. ތޮއްޑޫގައި އާ އޭޓީއެމް ޚިދުމަތް ތަޢާރަފުކުރުމުގެ ތެރެއިން... ފޮޓޯ/ އެމްއައިބީ

ތޮއްޑޫގައި އަލަށް ޤާއިމުކުރި މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާ ޖަމާކުރުމާއި ނެގުމުގެ ޚިދުމަތް އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ލިބޭނެ ކަމަށް އެ ބޭންކުން މަޢުލޫމާތުދެއެވެ.

އެމްއައިބީން ބުނި ގޮތުގައި މި އޭޓީއެމް ޚިދުމަތް ފަރުމާކޮށްފައި ވަނީ ބޭންކިން ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށާއި، ރަށުގެ މުޖުތަމަޢުގެ ކުރިއަރަމުން އަންނަ މާލީ ބޭނުންތަކަށް އެހީތެރިވެދިނުމަށެވެ. މިއީ އެ ރަށުގެ އިޤްތިޞާދީ ޙަރަކާތްތަކަށް ލިބޭނެ އިތުރު ކުރިއެރުމެއްކަން ބޭންކުން ފާހަގަކުރެއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އއ. ތޮއްޑޫގައި އާ އޭޓީއެމް ޚިދުމަތް ތަޢާރަފުކުރުމުގެ ތެރެއިން... ފޮޓޯ/ އެމްއައިބީ

މާލީ ޚިދުމަތް ފޯރުކޮށްދިނުން ފުޅާކުރުމުގެ ގޮތުން އެމްއައިބީން ގެންދަނީ މުޅި ރާއްޖޭގައި އެ ބޭންކުގެ އޭޓީއެމް އަދި ސެލްފް ސާވިސް ބޭންކިން ނެޓްވޯކް ވަރުގަދަކޮށް، ގިނަ ރަށްތަކަކަށް މި ޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެމްއައިބީން ތޮއްޑޫގައި އޭޓީއެމްގެ ޚިދުމަތް ފެށިއިރު، އެ ބޭންކުން ވަނީ މިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހު މާލޭގެ އޯކިޑް މަގުގައި ހުންނަ އެމްއެސްއެލް ބިލްޑިންގައި 24 ގަޑިއިރު ޚިދުމަތް ލިބޭ އާ އޭޓީއެމްއެއް ވެސް ހުޅުވައިފައެވެ.

މިއީ މާލޭގައި އެ ބޭންކުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ގާއިމުކުރި އޭޓީއެމްއެކެވެ. މި އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާއާއި ޑޮލަރު ޖަމާކޮށް އަދި ނެގޭނެއެވެ. އަދި މިކަމުގެ ސަބަބުން އޮފީސްތަކުގައި މަސައްކަތްކުރާ މީހުންނަށާއި ފަތުރުވެރިންނަށް ފައިސާގެ މުއާމަލާތްތައް ކުރުމަށް ފަސޭހަވާނެއެވެ.