15 Sep 2012, 19:50
ތޫނު އެއްޗަކުން މީހަކަށް ހަމާލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މިރޭ 7:30 އެހާ ކަންހާއިރު ދިން އެ ހަމަލާގައި ޒަހަމްވެފައި ވަނީ ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ނަޒުމުލް ނަމަކަށް ކިޔާ ބަންގްލަދޭޝްގެ އުމުރުން 21 އަހަރުގެ މީހެއް ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާ އަކީ އޮބްސުލޫޓް ސެކިއުރިޓީގައި މަސައްކަތް ކުރާ ސެކިއުރިޓީ ގާޑެކެވެ.
އެޗްއެސްބީސީ ކައިރިން އޭނާއަށް ހަމަލާ ދީ ޒަހަމްކޮށްލީ ތިން މީހެއްގެ ގޫރުޕަކުން ކަމަށާއި ނަޒުމުލްގެ ބަނޑަށް ހަމަލާ ދީފައި ވަނީ އޭނާގެ ވޮލެޓުގައި ހުރި 2500ރ. ފޭރިގަތުމަށް ފަހު ކަމަށް ވެސް ފުލުހުން ބުންޏެވެ. ހަމަލާއަށް ފަހު އެމީހާ ހޭ ނާރާ ކަމަށް ވެއެވެ.