ކުލަބް ވެލެންސިޔާ އަތުން 4-2 ލަނޑުން މޮޅުވެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ވިކްޓަރީ ސްޕޯޓްސް ކުލަބް ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ގަލޮޅު ދަނޑުގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ވިކްޓަރީންނެވެ. އެލަނޑު މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. ވިކްޓަރީން ލީޑު ފުޅާކުރީ 23 ވަނަ މިނިޓުގައި ކެޕްޓަން ޝާފީ ކާމިޔާބުކުރި ލަނޑުންނެވެ. އަދި ވިކްޓަރީގެ ތިން ވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އުމެއިރުއެވެ. އަދި ކައުންޓާ އެޓޭކެއްގައި ވިކްޓަރީގެ ހަތަރު ވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބު ކުރީ ހަސަން އަދުހަމް (ސަޑޭ) އެވެ.

މެޗުގައި ވެލެންސިޔާއިން ވިކްޓަރީ ކޮޅަށް ޖެހި އެޓީމްގެ ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަހާފުގެ 38 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ވިސާމްއެވެ. އަދި ދެ ވަނަ ލަނޑު މެޗު ނިމެން ދަނިކޮށް އެޓީމަށް ކާމިޔާބު ކޮށްދިނީ ހަމްދާނެވެ.

މުބާރާތުގެ ފުރަތަމަ ކުއާޓާ ފައިނަލް ދެ މެޗުގައި ހައިރާންކުރުވަނިވި ގޮތަކަށް އެންމެ ފަހުގެ ޗެމްޕިއަން ވީބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓް ވަނީ މުބާރާތުން ކަޓައިފައެވެ. އެގޮތުން ވީބީ މުބާރާތުން ކެޓީ އޭވައިއެލް އާ ދެކޮޅަށް ކުޅެ، ނަތީޖާ 2-2 އިން ހަމަހަމަވުމުން ޕެނަލްޓީ ޖަހައިގެން 6-4 ގެ ނަތީޖާއަކުން ބީބީގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި ނިއު ރޭޑިއަންޓު މުބާރާތުން ކެޓީ އީގަލްސް އަތުން 1-0 ލަނޑުން ބަލިވެގެންނެވެ.