15 Sep 2012, 10:49
މި އަހަރު ރާއްޖެ އިން ހައްޖަށްދާ މީހުންގެ އަމީރުލްޙައްޖުގެ ގޮތުގައި ވަޑައިގެންނަވާނީ މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ މުހައްމަދު ނާޒިމް ކަމުގައި ސަރުކާރުން ހަމަޖައްސަވައިފި އެވެ.
ސަރުކާރުގެ ފަރާތުން ހައްޖުވެރިންނާ އެކު ނާޒިމް ވަޑައިގެންނަވާ ގޮތަށް ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ކަމަށް ރައީސް އޮފީހުން ބުންްޏެވެ.
މި އަހަރު ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް އަށް ޖަމާއަތަކަށް ހުއްދަދީފައިވާ އިރު ރާއްޖެ އިން ހައްޖަށް ގެންދިއުމަށް ކޯޓާ ލިބިފައި ވަނީ 1000 މީހުންނަށެވެ. ސައުދީ ރާއްޖެ އަށް މިދިޔަ އަހަރު ވެސް 500 މީހުންގެ އިތުރު ކޯޓާ ރާއްޖެ އިން އެދުމުގެ މަތިން ދީފައި ވާތީ އެ 500 ކޯޓާ ލިބޭނެ ކަމަށް ބަލައިގެން ބައެއް ހައްޖު ޖަމާއަތްތަކުން މީހުންގެ އަތުން ފައިސާ ނަގާފަ އެވެ.
ނަމަވެސް މިއަހަރު ސައުދީން އެއްވެސް ގައުމަކަށް އިތުރު ކޯޓާއެއް ދީފައިނުވުމުން ރާއްޖެ އިން ހައްޖަށް ދިއުމަށް ފައިސާ ދެއްކި ބައެއް މީހުންނަށް ވަނީ ހައްޖަށް ދެވޭނެ ގޮތް ނުވެފަ އެވެ.