15 Sep 2012, 09:31
ޒިޔުރިޚް (ސެޕްޓެމްބަރ 15): ދުނިޔޭގައި ދިރިއުޅުމަށް ބޭނުންވާ ޚިދްމަތްތަކާއި ތަކެތީގެ އަގުތައް އެންމެ ބޮޑު ރަށްތަކަކީ ނޯވޭގެ ވެރިރަށް އޮސްލޯ އާއި ސްވިސްޓްޒަލޭންޑްގެ އިޤްތިސާދީ ސިޓީ ކަމަށްވާ ޒިޔުރިކް އާއިޖަޕާނުގެ ވެރިރަށް ޓޯކިޔޯ ކަން ކަމާ ބެހޭ ސާވޭއަކުން ހާމަވެއްޖެ އެވެ.
ސްވިޓްޒަލޭންޑްގެ ޔޫޕީއެސް ބޭންކުން ކުރި މިސަވޭގެ ނަތީޖާ ދައްކާގޮތުން އާންމު ދިރިއުޅުމުގައި ބޭނުންކުރާ ހުރިހާ ތަކެއްޗެއްގެ ވެސް އަގުތަކާއި ކުލިތައް އެންމެ ބޮޑީ މިތިން ރަށުގަ އެވެ. މީގެތެރޭގައި ކާބޯތަކެތީގެ އަގުތަކާއި މުވާސަލާތީ ވަސީލަތްތަކުގެ އަގުތަކާއި ދިރިއުޅޭ ތަންތަނުގެ އަގުތައް ފަދަ ދިރިއުޅުމުގެ އާންމު ޚިދްމަތްތަކާއި ވަސީލަތްތަކާއި ތަކެތީގެ އަގުތައް ހިމެނެ އެވެ. މިސަވޭ ހެދުމުގައި ދުނިޔޭގެ 72 ސިޓީއެއްގެ ދިރިއުޅުމުގެ އާންމު ޚިދްމަތްތަކާއި ވަސީލަތްތަކާއި ތަކެތީގެ ތެރެއިން 122 ބާވަތެއްގެ އަގުތައް ދިރާސާކޮށްފައިވެ އެވެ.
މިސަރވޭން ހާމަވާގޮތުން މަސައްކަތުން ލިބޭ އުޖޫރައާއި މުސާރަ އެންމެ މަތީ ދެސިޓީއަކީ ސްވިސްޓްޒަލޭންޑްގެ ޒިއުރިކް އާއި ޖެނީވާ އެވެ. އެއަށް ފަހު ޖަރުމަނުގެ ކޯޕަންހޭގަން އެވެ. މަސައްކަތުން ލިބޭ އުޖޫރަ އާއި މުސާރަ އެންމެ މައްޗަށްލިބޭ ހަވަނަ ސިޓީއަކީ އެމެރިކާގެ ނިޔުޔޯކެވެ. ނުވަވަނަ ސިޓީއަކީ ޖަރުމަނުގެ ބާލިންއެވެ. މަސައްކަތަށް އެންމެ ކުޑަމުސާރަ ލިބޭ ސިޓީތަކުގެ ތެރޭގައި ހިމެނެނީ އިންޑިޔާގެ ނިއުދިއްލީ އާއި އިންޑޮނީޝިޔާގެ ޖަކާޓާއާއި ފިލިޕީންސްގެ މެނީލާ އެވެ. (ފަރަންސޭސި ނޫސްއެޖެންސީ)