Last Updated: 1 decade 3 year ago
މުސްލިމު ގައުމުތަށް ކަމަށްވާ ލީބިޔާ، މިސްރު އަދި ޔަމަންގައިވެސް އަންނަނީ އެ ފިލްމާ ދެކޮޅު ހެދުމުގެ ގޮތުން ބޮޑެތި މުޒާހަރާތައް ކުރަމުންނެވެ. އެ މުޒާހަރާތައް ހަމަނުޖެހުމަކަށް ބަދަލުވެ ލީބިޔާގައި، ހުންނަ އެމެރިކާ އެމްބަސީއަށް ހަމަލާދީ އެ ގައުމުގައި ހުންނެވި އެމެރިކާ ސަފީރުވެސް ވަނީ މިހަފްތާ އަވަހާރަކޮށްލައިފަ އެވެ.
ރާއްޖޭގައި އެ ފިލްމާ ދެކޮޅު ހެދުމުގެ ގޮތުން މުޒާހަރާ ކުރަމުން ދަނީ ރާއްޖޭގައި ހުންނަ އދ ގެ މައި އިދާރާ ހިމެނޭ ސަރަހައްދުގަ އެވެ. ނަމަވެސް އެ އިމާރާތް ކައިރި ފުލުހުން މިހާރު ވަނީ ބަންދުކޮށްފަ އެވެ. އެހެންކަމުން މުޒާހަރާ ކުރާ މީހުން ޝުއޫރުފާޅުކުރަމުން ގެންދަނީ ބިލޮގު ސްކޫލް ކައިރިން އަމީނީ މަގުގަ އެވެ.
އެމީހުން އަންނަނީ އެމެރިކާ އާއި އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެގޮތުން ދާދިފަހުން ދާރުލްއާސާރަށް އެމެރިކާއިން ދިން އެހީ އަބުރާ އެމެރިކާ ސަރުކާރާ ހަވާލުކުރުމަށް އެމީހުން އަންނަނީ ދިވެހި ސަރުކާރަށް ގޮވާލަމުންނެވެ.