ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ހަސަން މަނިކު ގދ. ތިނަދުއަށާއި، ގއ. ކޮލަމާފުއްޓަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހެނދުނު ފަށްޓަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ގދ. ތިނަދު އާއި ގއ. ކޮލަމާފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ދެ ރަށުގައި ކުރިއަށްދާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.