ފިތުރު ޒަކާތް ބަލައިގަންނާނެ އެންމެ ފަހު ދުވަހަކީ މާދަމާ ކަމަށް ވާތީ ގިނަ ބަޔައަކަށް ފުރުސަތު ދިނުމުގެ ގޮތުން މިއަދު ވެސް ޒަކާތް ބަލައިގެންފި އެވެ.


އިސްލާމިކް މިނިސްޓްރީން ބުނީ ބަންދު ދުވަހެއްގައި ފިތުރު ޒަކާތް ބަލައިގަންނަ ގޮތަށް ހަމަޖެއްސީ މާދަމާކީ ޒަކާތް ބަލައިގަންނާނެ އެންމެ ފަހުދުވަސް ކަމަށް ވެފައި، އިއްޔެ ވެސް ގިނަބަޔަކު ޒަކާތް ދެއްކުމަށް އިސްލާމީ މަރުކަޒަށާއި، އަވަށު އޮފީސްތަކަށް ގޮސްފައިވާތީ ކަމަށެވެ.


ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރު ދައްކަންޖެހެނީ އާދައިގެ ހަނޑުލުންނަމަ 12 ރުފިޔާ. ތައިލެންޑް ހަނޑުލުން ނަމަ 30 ރުފިޔާ. އަދި ބާސްމަތީ ހަނޑުލުންނަމަ 53 ރުފިޔާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.